ނ. މަނަދޫން އަލީ ޔާމީން (ވަން އޮންލައިން)
މިރަށު ސޯސަން މަގުގައި ހުންނަ، އަންނާރުމާގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނުނު މިރަށު ނައީމާ މޫސާ 62އ، މަރުވެފައި އޮއްވައި ފެނުނު ގެ ހުންނަނީ ގިނައިން ފުލުހުން ހަރަކާތްތެރިވާ ސަރަހައްދެއްގައެވެ.
މި ރަށު ޕޮލިސް ސްޓޭޝަންގެ ބިއްދޮށު ދޮރާށި ހުންނަނީ އަންނާރުމާގެއާ ސީދާ ކުރިމައްޗަށެވެ. އަންނާރުމާގޭގެ އުތުރުން އެއްގެ ދޫކޮށްފައި ހުންނަނީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެވެ. ނަމަވެސް އެތަނުގައި ސީސީޓީވީ ކެމެރާއެއް ހުރިކަމެއް އަދި ނެތް ކަމެއް ޔަގީނެއް ނޫނެވެ. ދުރުން ބަލާ ބެލުމަށް އެފަދަ ކެމެރާއެއް އެ ސަރަހައްދުގައި ފެންނާކަށް ނެތެވެ.
ޕޮލިސް ސްޓޭޝަންގެ މައި ދޮރާށި ހުންނަނީ ރަށުގެ ބަނދަރާވީ ފަޅީގައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިރަށު ޕޮލިސް ސްޓޭޝަންގައި 15 ވަރަކަށް ފުލުހުން ހަރަކާތްތެރިވެއެވެ.
އަންނާރުމާގެ އާއި ޕޮލިސް ސްޓޭޝަން ހުރި ތަން، އަދި ފުލުހުންގެ އެކަމަޑޭޝަން ބްލޮކް ހުރި ތަނަށް ބަލާއިރު، އަންނާރުމާގޭ ކުރިމަތީން ވަރަށް ގިނައިން ފުލުހުން ދަތުރު ކުރާނެ އެވެ. ގިނަ ބޭނުން ތަކަށް އެކި ވަގުތުތަކުގައި ދަތުރުކުރާ އިރު، ފުލުހުން ދާނީ އަންނާރުމާގެ ހުރަސް ކޮށްފައެވެ. އެހެން ކަމުން ނައީމާ މަރާލި ބަޔަކު މި ކަމަށް ވެސް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ އެވެ.
ނައީމާ މަރުވެފައި އޮއްވައި ފެނުނު އަންނާރުމާގެ ސަރަހައްދު ފުލުހުން މިހާރު ބަންދުކޮށްފައިވާއިރު އެގޭ ތެރޭގައި ފުލުހުންގެ ފޮރިންސިކް ޓީމަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނަން ހުރި ކަމަށް އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު