މިއަދަކީ މި އަހަރުގެ ރޯދަމަހުގެ 14 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތަކެއް ލިބެން ހުރި އިރު، މިއަދުވެސް އެންމެ ގިނައިން ފެންނަން ހުރީ ފަތްޕިލާވެލީގެ ބާވަތްތަކާއި ދޮން އަނބެވެ.

ބާޒާރުގައި ފުވައްމުލަކު އަނބު ކިލޯއެއް މިއަދު ލިބެން ހުރީ 90-100 ރުފިޔާއަށެވެ. ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 20-25 ރުފިޔާއަށެވެ. ކުރުނބައެއް ހުރީ 20-40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި އިއްޔެ ކާއްޓެއް އުޅުނީ 10-30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެެވެ. ނަމަވެސް ބާޒާރުގައި މިއަދު ކާށި ލިބެން ހުރީ 10-35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެެވެ. އިއްޔެ ބާޒާރުގައި 100 ރުފިޔާއަށް ލެޓިއުސް ކިލޯއެއް ހުރިއިރު މިއަދު ވަނީ ލެޓިއުސްގެ އަގުވެސް ވެއްޓިފައެވެ. އެގޮތުން މިއަދު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 50-80 ރުފިޔާއަށެވެ.

  • ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 40 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 40 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 75 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 85 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-50 ރުފިޔާއަށް
  • ފެޝަން ފުރުޓް: 40 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 75 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 45 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 250 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-150 ރުފިޔާއަށް ކިލޯއެއް
  • އަނބު: 90-100 ކިލޯއެއް
  • އަންނާރު: 85 ރުފިޔާއަށް ކިލޯއެއް
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-25 ރުފިޔާއަށް
  • ގަބުޅިއެއް: 30-30 ރުފިޔާއަށް
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 45 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 45 ރުފިޔާއަށް ކިލޯއެއް
  • ބަށި: 50-60 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-50 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 50-80 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 120 ރުފިޔާއަށް ކިލޯ
  • ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 120-200 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 60 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 35 ރުފިޔާއަށް ކިލޯ
  • ކިއުކަންބާ: 35 ރުފިޔާއަށް ކިލޯ
  • ކަނޑުމަސް: 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30-35 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-320 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ދިހަ މަސް
  • ދޮންމަސް: 20 ރުފިޔާއަށް ދިހަ މަސް
  • ރިތް މަސް: 20 ރުފިޔާއަށް 40 މަސް
  • ރަތް މަސް: 75-350 ރުފިޔާއަށް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 65 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 50-70 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40-60 ރުފިޔާއަށް