ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭ ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެ އަދަދަކީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދަށްވުރެ ތިން ލައްކަ ރުފިޔާ އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގައި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ އެއް މިލިއަން ރުފިޔާއެވެ.
ދިރާގުގެ ދިރާގު ޕޭއާއި އެސްއެމްއެސްއާއި އުރީދޫގެ އެމްފައިސާއާއި އެސްއެމްއެސާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލްއާއި ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް އަދި ފަހި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ. އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު ފައިސާ އިން ދައްކަންޖެހޭ ނަމަ ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން 12 ރުފިޔާއެވެ. ރަތް ހަނޑުލުން 99 ރުފިޔާއެވެ. އާދައިގެ ބާސްމަތީ ހަނޑުލުން 84 ރުފިޔާއެވެ. މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާއެވެ. އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުންނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށުން 12 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާއެވެ.
ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ. އަދި ފިތުރު ޒަކާތް ބަހާ ދޭނީ ފަގީރުން ލިސްޓުގައިވާ މީހުންގެ ތެރޭގައިވާ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު