ޚަބަރު

ރޯދަ 13، ވަން ރޯދަ ބާޒާރު: ކަނޑޫދޫ މިރުހުގެ އަގު އަނެއްކާވެސް ދަށަށް، ލެޓިއުސްގެ އަގު މައްޗަށް!

މިއަދަކީ ރޯދަ މަހުގެ 13 ވަނަ ދުވަހެވެ. ދަތުރުވެރިންގެ ބާޒާރުގައި މިއަދު އެންމެ ޑިމާންޑް އޮތީ ލެޓިއުސްއަށެވެ. އަދި އެންމެ މަދުން ވިކޭ ބާވަތްތަކުގެ ތެރޭގައި ކަނޑޫދޫ މިރުސް ހިމެނެއެވެ.

ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 250-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 120-200 ރުފިޔާ ދެމެދުގެ އަގުތަކެއްގައެެވެ.

"ބައިވަރު މިރުސް އެބަހުރި، މިރުސްތައް ދޮންވެގެން ހަލާކުވާއިރުވެސް ގިނަ ފަހަރު ނުވިކޭ. ނުއަގުގައި ދޫކުރަން މި ޖެހެނީ" ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.

ބާޒާރުގައި ލެޓިއުސްގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އިއްޔެ 40-50 ރުފިޔާއަށް ލިބުނު ލެޓިއުސް ކިލޯ މިއަދު ލިބެން ހުރީ 100 ރުފިޔާއަށެވެ.