ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 51 ޕަސެންޓް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފި އެވެ.
އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ ރަށުގައި މަގުބައްތި ހަރުކުރުމުގެ 89 ޕަސެންޓް މަސައްކަތާއި ސަބްގްރޭޑް ތައްޔާރުކުރުމުގެ 40 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތް ކަމަށްވެސް ބުންޏެވެ.
އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4 ނޮވެމްބަރު 2021ގައެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑު، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު