މިއަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބޮޑު ސްކޮޑެއް އިއުލާނު ކޮށްފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ރޭ އިއުލާނުކުރި އަންހެން އަދި ފިރިހެން ސްކޮޑުގައި ޖުމުލަ 27 އެތުލީޓުން ހިމަނާފައިވެއެވެ. އެއީ ރިލޭ ޓީމާއި އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ.
މީގެ ކުރިންވެސް އައިއއޯއައިޖީން ރަނގަޅު ކާމިޔާބީތަކެއް ހޯދި ކުޅިވަރެއްގެ ގޮތުގައި އެތުލެޓިކްސް ފާހަގަކުރެވިފައިވާ އިރު، ބޮޑު ސްކޮޑަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހު ފައިނަލް ޓީމު އެކުލަވާލާނީ އަންނަ މެއި މަހުގެ ތެރޭގައެވެ.
ރާއްޖެއިން އެކުލަވާލި ސްކޮޑުގައި ރާއްޖެއިން ބޭރުގައި މިވަގުތު ވަރުގަދަ ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އެތުލީޓުންވެސް ހިމެނެއެވެ. އެގޮތުން ޖެމެއިކާގައި ތަމްރީނު ހަދަމުންދާ އެތުލީޓުންނާއި އިންޑިއާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ގިނަ އެތުލީޓުންވެސް ސްކޮޑުން ފާހަގަކޮށްލެވެއެވެ.
- ހަސަން ސާއިދު
- އިބާދުﷲ އާދަމް
- އިބްރާހިމް ނާހިލް ނިޒާރު
- މުހައްމަދު މިންހާލް ޝާމިން
- ހުސައިން ޒީކް ސުއާދު
- އަހުމަދު ނަޖުދާން އަބްދުﷲ
- ޒިއުޒް މުހައްމަދު ސުއާދު
- ނުޖޫމް ހަސަން،
- އާދަމް ރިއްފަތު
- ހުސައިން ރިޒާ (ކުޑަ ރިޒާ)
- އަހުމަދު ވިސާމް
- ހުސައިން ފަޒީލް ހާރޫން (ފްލޭޝް)
- މުހައްމަދު އިރުފާން
- އަބްދުއްރަޝީދު އިސްމާއިލް
- ޔޫސުފް އިބްރާހިމް
- އައިޝަތު ހިމްނާ ހަސަން
- މަރިޔަމް ރޫޔާ އަލީ
- ޒިވާ މޫސާ ޝަފީއު
- ރިފާ މުހައްމަދު
- އަހުނާ ނިޒާރު
- އާމިނަތު ލަޔާނާ މުހައްމަދު
- މަރިޔަމް އަލްހާ ހުސައިން
- އައިޝަތު ޝަބާ ސަލީމް
- ހައްވާ މުޒުނާ ފާއިޒު
- އާމިނަތު ޖައިޝާ ޖުނީޒް
- މަރިޔަމް އަބްދުލްކަރީމް
- ޝަމްހާ އަހުމަދު
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް