މިއަދަކީ މިއަހަރުގެ ރޯދަ މަހުގެ ދިހަ ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. އެގޮތުން އެންމެ ގިނައިން ފެންނަން ހުރީ އެކި ކަހަލަ ފަނިގިރާ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 25 ރުފިޔާއަށެވެ. ބާޒާރުގައި ފުވައްމުލަކު އަނބު ގިނަ އަދަދަކަށް ހުރި އިރު، އަނބު ކިލޯއެއް އުޅެނީ 80-100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރުނބަލެއް 20-45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 130 ރުފިޔާއަށެވެ. ކިއުކަންބާ ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި އިރު، ކެރެޓް ކިލޯއެއް ލިބެން ހުރީ 50 ރުފިޔާއަށެވެ.

"ވަން" އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނި ގޮތުގައި އެންމެ ޑިމާންޑް ބޮޑީ ކަރައަށެވެ.

"އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ތޮއްޑޫއިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކަރާ ލިބޭނެ. މިހާރުވެސް މިތަން (މާރުކޭޓު) ފުރިފައި މިއޮތީ ކަރަލުން. އާއްމުކޮށް ދެ ދުވަސް ތިން ދުވަހުން ޓަނެއްހާ ކަރާ ހުސްވޭ" އޭނާ ބުންޏެވެ.

  • ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 45 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-45 ރުފިޔާއަށް
  • ފެޝަން ފުރުޓް: 85 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 4-0 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 250-300 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 80-100 ކިލޯއެއް
  • އަންނާރު: 90 ރުފިޔާއަށް ކިލޯއެއް
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-35 ރުފިޔާއަށް
  • ގަބުޅިއެއް: 30-35 ރުފިޔާއަށް
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 40 ރުފިޔާއަށް ކިލޯއެއް
  • ބަށި: 50-65 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-60 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 45 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 130 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 130 ރުފިޔާއަށް ކިލޯ
  • ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 50 ރުފިޔާ
  • ކަނޑުމަސް: 25-28 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-100 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-450 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރަތް މަސް: 85 ރުފިޔާއަށް ކިލޯއެއް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 50 ރުފިޔާއަށް