މި ސަރުކާރުގެ އެންމެ ބޮޑު ޕާޓްނަރު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވަން ނިންމެވާ ގުޅިގެން އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމްގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައިފިއެވެ.
މައުސޫމު މިއަދު "ވަން" އަށް ވިދާޅުވީ، މީގެ ކުރިންވެސް އޭނާ ހުންނެވީ ރައީސް ސޯލިހާއެކުގައި ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން އަދި ވަކިވެވަޑައިނުގަންނަވާ ކަމަށާއި އެކަމާމެދު ވަރަށް އަވަހަަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
މައުސޫމް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން އޭނާއާއި ރައީސް ސޯލިހާ ދެ ބޭފުޅުންގެ ފޮޓޯއެއް ފޭސްބުކްގެ ކަވާ ފޮޓޯއަށް ލާފައެވެ.
މައުސޫމާއެކު ޖޭޕީގެ ސްލޮޓްތަކުގައި ވަޒީރުންގެ ގޮތު ދެން ތިއްބަވަނީ ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. މައުސޫމް ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުން އަދި ވަކި ގޮތެއް ނުނިންމަވައެވެ.
ރައީސް މައުމޫންގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ގާސިމުގެ ވަރަށް ގާތް މައުސޫމު މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އޮގަސްޓް 31، 2020 ގައެވެ. އޭގެ ކުރިން މައުސޫމު މަސައްކަތް ކުރައްވަމުން ގެންދެވީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު