ތައި ކެއުންތައް ދިވެހީންގެ މެދުގައި ވަރަށްވެސް މަގުބޫލެވެ. ގޭގައި ތައި ކެއްކުންތައް ހަދާ ދިވެހީންވެސް މަދެއް ނޫނެވެ. ތައި ކާތަކެއްޗަށް ލޯބުކުރާ މީހުންވެސް ގިނައެވެ.
އެހެން ކަމުން ރޯދަ ވީއްލާ ގަޑީގައިވެސް ތައި ކެއުންތައް ލިބުމަކީ ވަރަށް ގިނަ ދިވެހީން އެދޭނޭ ކަމެކެވެ. ތައި ކެއުންތަކަށް ލޯބިކުރާ ފަރާތްތަކަށް މާލެއިން އެންމެ ކަމުދާނެ ރޯދަވީއްލުމެއް ލިބޭނެ އެއް ރެސްޓޯރަންޓަށް މި ފަހަރު ވާނީ ދަ ތައި ޕެލެސް އެވެ.
މައިގަނޑު ސަބަބަކީ އަސްލު ތައި ރަހައިގެ ކެއުންތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ރެސްޓޯރަންޓަކަށް މި ރެސްޓޯރެންޓު ވެފައި މިއަހަރުގެ ރޯދަވީއްލުމުގެ މެނޫގައިވެސް އެ ކެއުންތައް ހިމަނާފައިވުމެވެ.
ތައި ޕެލެސްގެ މެނޫގެ ބޮޑު ބައި ހާއްސަކޮށްފައިވަނީ ތައި ކެއުންތަކަށެވެ. ކެއުމުގެ ބާވަތްތައްވެސް އެހާމެ ގިނަ އެވެ. އެގޮތުން ތައި ފްރައިޑް ރައިސް ތަކާއި ޕްރޯންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުންތަކާއި ތައި ނޫޑުލްގެ އިތުރުން އޮއިސްޓާ އޮމްލެޓް އަދި ތައި އޮމްލެޓް ފަދަ އެތައް ކެއުމެއް ރޯދަ މެނޫތަކުގެ ތެރޭގައިވެސް ހިމެނެ އެވެ.
ހަފުތާގެ ބުރާސްފަތި އަދި ހުކުރު ފިޔަވައި ކޮންމެ ދުވަހަކަށް ވަކި މެނޫއެއް ހަދާފައިވާއިރު ތައި ކެއުމުގެ އިތުރުން ދިވެހި ކެއުންތަކާއި ކޮންމެވެސް ވަރަކަށް ބައިނަލްއަގުވާމީ އެހެން ކުޒީންތައްވެސް ހިމަނާފައިވާކަން ފާހަގަ ކުރެވެ އެވެ.
ތައި ޕެލެސްގެ ރޯދަ ވީއްލުމުގެ ޕެކޭޖުގެ އަގަކީ މީހަކަށް 250ރ އެވެ. އުމުރުން 5-3 ދެމެދުގެ ކުދިންނަށް ނަގާނީ 110ރ އެވެ.
ރޯދަ 2023
ރޯދަ 2023
ރޯދަ 2023
ރޯދަ 2023