އިންޑިއަން ފުޑް ނުވަތަ އިންޑިއާގެ ކެއުމަކީ ދިވެހި ކެއުން ނަގާފައި ގިނަ ދިވެހީންގެ އެއްވަނަ ކެއުމޭ ބުންޏަސް މުޅީން ދޮގަކަށް ނުވާނެއެވެ. އިންޑިއަން ރެސްޓޯރެންޓްތަކަށް ކާން ދިއުމާއި އެނޫން ރެސްޓޯރެންޓުތަކުންވެސް އިންޑިއާގެ ކެއުންތަކަށް އޯޑަރުދީގެން ކެއުމަކީ އާންމު ކަމެކެވެ. އެހެން ކަމުން މި ރޯދަމަހުވެސް މި ފަދަ ކެއުންތައް ލިބުމަކީ ދިވެހީން ބޭނުންވާ ކަމެކެވެ. އަދި އެފަދަ ތަންތަނަށް ދިއުމަކީވެސް އާންމުކަމެކެވެ.

އިންޑިއަން ފުޑްގެ މީރު ރަހަތަކަށް މަޝްހޫރު ބަނާނާ ލީފް-ދަ ފިއުޝަން ރެސްޓޯރަންޓުގެ މިފަހަރުގެ އިފްތާރް މެނޫ ކިޔާލުމުން ކުޅުދިޔާވާހާ ވެއެވެ. މިއީ ދިވެހިންގެ ތެރެއިން ގިނަބަޔަކު އެ ރަހަތަކަށް ލޯބިކުރާ އިންޑިއަން ފުޑްގެ މެނޫއެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ސަމޯސާއިން ފެށިގެން ގޮސް އެކި ބާވަތްތަކުގެ ފަރާޓާއާއި ދޯސާ އާއި އެކި އެކި މަސާލާތަކުގެ އިތުރުން ގުލާބްޖާމުން އާއި ރަސްމަލާއި ފަދަ ކާއެއްޗެހިން ކޮންމެ ދުވެހެއްގެ މެނޫ ވަނީ ފުރިފަ އެވެ. އިންޑިއާ ފުޑް ނޫން އޮޕްޝަންތައްވެސް ހިމަނާފައިވާއިރު އެކި ކަހަލަ މަސްހުނިތަކާއި ސްޕެގެޓީ އާލިއޯލިއޯ އަދި ކޮއްތު ރޮށިފަދަ ކާއެއްޗެހިވެސް މެނޫގައި މަދެއް ނޫނެވެ.

ހަމަ ގައިމުވެސް ރަހަ މީރު، ގަޔާވާ ފަދަ ރޯދަ ވީއްލުމެއް ބޭނުން ނަމަ މިއީ އަޖުމަ ބަލައިލުން ލާޒިމު މެނޫ ތަކެކެވެ.

ބަނާނާ ލީފްގެ ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކުން ކުރީބައިގައި ގުޅައި ބުކިން ހަދަން ޖެހެ އެވެ. އަގަކީ މީހަކަށް 219ރ އެވެ. އަދި 20 މީހުނަށްވުރެ އިތުރު ނަމަ ރޯދަވީއްލުމުގެ އަގަކީ މީހަކަށް 199ރ އެވެ. ހަތަރު އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާއިރު 10 އަހަރާއި ހަތަރު އަހަރާ ދޭތެރޭ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބެއެވެ.

ޑައިން އިން ރޯދަވީއްލުމުގެ އިތުރުން، ބަނާނާ ލީފް އިން މިފަހަރު ވަނީ ގޭގެއަށް އިފްތާރް ޑެލިވަރީވެސް ތައާރަފުކޮށްފަ އެވެ. ޖީބަށް ލުއި މި ޕެކޭޖުތަކުގެ ތެރޭގައި ރޯސް ޗިކަން ކޮމްބޯ ޕެކޭޖާއި މޯމޯސް ކޮމްބޯ ޕެކް ފަދަ އެތައް ޕެކޭޖެއް ހިމެނެ އެވެ.