ހޮޓެލް ޖެން އިން ރޯދަ ވީއްލައިގެން ދުބާއީގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ދެ މީހަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޝަންގްރިއްލާ ކުންފުނިން މެނޭޖުކޮށް އޮޕަރޭޓްކުރަމުން އަންނަ ޖެން އިން މައުލޫމާތުދޭ ގޮތުގައި މި ރޯދަމަހު ވެސް އެ ހޮޓަލުގެ ރޯދަވީއްލުމުގެ މެނޫ ބައްޓަންކޮށްފައިވަނީ ދިވެހީންގެ މެދުގައި މަގުބޫލު ކެއްކުންތަކާއި ރަހަތައް ހިމަނައިގެންނެވެ. އެގޮތުން އޭޝިއާ، މިޑްލް އީސްޓް އަދި މެޑިޓޭރިއަން ގައުމުތަކުގެ ކެއުންތައް މިފަހަރުގެ މެނޫގައި ހިމަނާފައިވާއިރު ޑެޒާޓް ބާއެއްގެ އިތުރުން ލައިވް ސްޓޭޝަންތަކާއެކު ވަގުތުން ކައްކައި، ތާޒާކޮށްވެސް ބައެއް ކެއުންތައް ތައްޔާރުކޮށްދޭނެ އެވެ.
ޖެންގެ މި ރޯދަވީއްލުމަށް ހަފުތާގެ ހަތް ދުވަހު ހަތް މެނޫ އެކުލަވައިލައިފައިވާއިރު ރޯދަ ވީއްލުމުގެ އަގަކީ މީހަކަށް 590ރ އެވެ. ރޯދަ ވީއްލުމުގެ އިތުރުން ޖެންގެ ތަރާވީސް މެނޫއެއްވެސް ވަނީ އެކުލަވައިލައިފަ އެވެ. އެގޮތުން ޖެން ލައިމް އަދި އަޒޫރް ރެސްޓޯރެންޓުން ތަރާވީސް ޑިނާ ލިބެން ހުންނަނީ މީހަކަށް 394ރ އަަށެވެ.
ޖެން އިން މައުލޫމާތުދޭ ގޮތުގައި 30 މާޗްގެ ކުރިން އެ ހޮޓަލުން ރޯދަ ވީއްލުން ބުކް ކުރާ 10 މީހުންގެ ކޮންމެ ގްރޫޕް ބުކިން އަކަށް އެކެއްގެ ރޯދަ ވީއްލުން ހިލޭ ލިބޭނެ އެވެ. އާއިލާގެ މެންބަރަކަށް ނުވަތަ އެކުވެރިޔަކަށް ރޯދަވީއްލުމެއް ހަދިޔާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން އިފްތާރު ވައުޗަރު ވެސް ތައާރަފުކޮށްފައިވާ ކަމަށް ބުންޏެވެ.
ޖެން އިން ރޯދަ ވީއްލާ ފަރާތްތަކަށް މިފަހަރުވެސް ހާއްސަ ލަކީޑްރޯއެއް ވަނީ ހިމަނައިފައެވެ. އެގޮތުން ރޯދަ ވީއްލުމުގެ ބުކިން ހެދުމުން ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު އޭގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ފަރާތަކަށް ދުބާއީގައި ހުންނަ ޝަންގްރިލާ ހޮޓަލުގައި ދެ މީހަކަށް ދެ ރެއާއި ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބެ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި