ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ރާއްޖޭގެ ފަގީރުންނަށް އިފްތާރު ޕެކޭޖު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޔޫއޭއީން ރާއްޖެއަށް 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ޕެކޭޖުތައް ބަހަން ނިންމާފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް "ވަން" އަށް މިއަދު ވިދާޅުވީ، ޔޫއޭއީން ހަދިޔާކުރި އިފްތާރު ޕެކޭޖު މިއަދު އިސްލާމިކް މިނިސްޓަރާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އަދީލް ވިދާޅުވީ އެ އިފްތާރު ޕެކޭޖުތައް ބަހަން ނިންމާފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން، އެންމެ މީހުން ގިނަ ގޭބިސީތަކަށް ކަމަށެވެ. އަދި ކަދުރު ބަހަމުންދާ އިރު، އެ ޕެކޭޖު ބަހަމުން ގެންދާނެ ކަމަށާއި ވަކިންވެސް އެ މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ގުޅައިގެން ހަވާލުކުރާނެ ކަމަށެވެ.
އެ ޕެކޭޖުތަކުގައި ހުންނާނީ ރޯދަ ވީއްލުމަށް ބޭނުންވާ ކާބޯތަކެތި ކަމަށްވެސް އަދީލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު