މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް 'ބޮޑު ހަދިޔާ' އެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ހަތަރު ކަސްޓަމަރަކަށް 'މައިޑިއާ' ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރުލީ އައިސް އަލަމާރި، ޑިޝްވޮޝާ، އަވަން، މައިކްރޮވޭވް، އެއާ ޕިއުރިފަޔާ އަދި ވެކިއުމް ކްލީނާ ފަދަ ގޭތެރެއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ ބޮޑު ހަދިޔާގެ އިތުރުން މި ރޯދަމަހު 'ބޯނަސް މެގަ ހަދިޔާ'ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއްވެސް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު