މިއަދަކީ މި އަހަރުގެ ރޯދަމަހުގެ ފަސްވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތައް ލިބެން އެބަ ހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ބާޒާރުން ފެންނަން ހުރީ އެކި ބާވަތުގެ ފަނިގިރާ ބާވަތްތަކާއި ފަތްޕިލަވެލީގެ ބާވަތްތަކެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 20-25 ރުފިޔާއަށެވެ. ލެޓިއުސް ކިލޯއެއް މިއަދު 50-70 ރުފިޔާއަށް ލިބެންހުރި އިރު، ކޮޕީފަތް ބޮޑިއެއް އުޅެނީ ދިހަ ރުފިޔާއަށެވެ.

  • ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 100 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-50 ރުފިޔާއަށް
  • ފެޝަން ފުރުޓް: 80 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 65 އަށް ކިލޯއެއް
  • ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 65 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 200 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 90-110 ކިލޯ
  • އަންނާރު: 110 ރުފިޔާއަށް ކިލޯ
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-25 ރުފިޔާއަށް
  • ގަބުޅިއެއް: 30 ރުފިޔާއަށް
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 60 ރުފިޔާއަށް ކިލޯއެއް
  • ބަށި: 65 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 60 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 45 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 50-70 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 50 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: ނެތް
  • ތޮޅިމިރުސް: 250 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 250-300 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 70 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 75 ރުފިޔާއަށް މަހެއް
  • ހަންޖެއް: 100-150 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރަތް މަސް: 75-85 ކިލޯ
  • މެދު ސައިޒުގެ ފިލޮޅެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 55 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް
  • ބޯވައެއް: 150-200 ރުފިޔާއަށް.