މި އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި އަގު ރަނަށް ހުރި ލުނބޯގެ އަގު ހެޔޮވެއްޖެއެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހު، ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ. ދެވަނަ ދުވަހު ލުނބޯގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު ލުނބޯ ކިލޯއެއް ލިބެންހުރީ 90 ރުފިޔާއަށެވެ.
އިއްޔެ ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 75 ރުފިޔާއަށެވެ. ބާޒާރުގައި މިއަދު ލުނބޯ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއަށެވެ. މިއީ ގާތްގަނޑަކަށް 50 ޕަސަންޓް ހެޔޮ އަގެކެވެ.
ބާޒާރުގެ ގިނަ ގޮޅިތަކުގައި ލުނބޯ ހުރި އިރު، ބާޒާރުމަތީ ފިހާރަތަކުގައިވެސް ލުނބޯ ހުރި ފިހާރަތައް ގިނައެވެ.
ޚަބަރު
ޚަބަރު
ޚަބަރު