މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ހަތަރު ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތައް ލިބެން އެބަ ހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ބާޒާރުން ފެންނަން ހުރީ އެކި ބާވަތުގެ ފަނިގިރާ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތަކެވެ.
ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެންހުރީ 30 ރުފިޔާއަށެވެ. މިއަދުވެސް ކާއްޓެއް ލިބެން ހުރީ 10-20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ރޮކް މެލަންއާއި ސްވީޓް މެލަންގެ އަގު މިއަދު ވަނީ އުފުލިފައެވެ. އެގޮތުން އިއްޔެ 50 ރުފިޔާއަށް ލިބުނު ރޮކް މެލަން ކިލޯއެއް މިއަދު ލިބެން ހުރީ 75 ރުފިޔާއަށެވެ. އަދި އިއްޔެ 45 ރުފިޔާއަށް ކިލޯއެއް ލިބުނު ސްވީޓް މެލަން މިއަދު ލިބެން ހުރީ 50 ރުފިޔާއަށެވެ.
- ކަރާ: 30 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 50 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 100 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 35-45 ރުފިޔާއަށް
- ފެޝަން ފުރުޓް: 80 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 100 އަށް ކިލޯއެއް
- ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 200 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ހަތަރު ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް
- މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 120-200 ރުފިޔާއަށް ކިލޯއެއް
- އަނބު: 90-110 ކިލޯ
- އަންނާރު: 110 ރުފިޔާއަށް ކިލޯ
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 10-20 ރުފިޔާއަށް
- ގަބުޅިއެއް: 20-30 ރުފިޔާއަށް
- އަލުވި: 15 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 60 ރުފިޔާއަށް ކިލޯއެއް
- ބަށި: 65-70 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 60-25 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 40 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 40 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 50 ރުފިޔާއަށް ކިލޯއެއް
- ބަނބުކޭލެއް: 150 ރުފިޔާއަށް
- ތޮޅިމިރުސް: 250 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް.
- ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 25- 30 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 35 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 70 ރުފިޔާއަށް މަހެއް
- ހަންޖެއް: 100-150 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރަތް މަސް: 75-85 ކިލޯ
- މެދު ސައިޒުގެ ފިލޮޅެއް: 50 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 50 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 50 ރުފިޔާއަށް
- ބޯވައެއް: 150 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު