އުރީދޫ މޯލްޑިވްސް އިން ކޮންމެ ހުކުރު ދުވަހަކު އާންމުކޮށް ހުޅުވާލައިގެން ރޯދަވީއްލުމެއް ދޭން ނިންމައިފިއެވެ.
އުރީދޫން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ފެށި "ކޮމިއުނިޓީ އިފްތާރު" ގައި އިއްޔެ ވަނީ ސަލްމާން މިސްކިތުގައި އާންމުންނަށް ރޯދަ ވީއްލުމެއް ދީފައެވެ. އެކަމަށް ބޮޑު ތަރުހީބެއްވެސް ލިބުނެވެ.
އުރީދޫއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ރޯދަ ވީއްލުމަށް ކާއެއްޗިހި ފޯޜުކޮށްދެނީ ލެސޫ ރެސްޓޯރަންޓުންނެވެ.
އުރީދޫން ބުނީ މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެދީ، ސަދަގާތްކުރުން އިތުރު ކުރަންވީ މަހަކަށް ވުމުން އެކަމު މިސާލު ދައްކައި އެހީތެރިވެދިނުމަށް ކަމަށެވެ.
ކޮމިއުނިޓީ އިފްތާރުގެ ނަމުގައި އުރީދޫން ރޯދަ ވީއްލުން ކުރިއަށް ގެންދާއިރު އެ ކުންފުނިން ވަނީ މިޝަން ފޯ މައިގްރޭޏްޓް ވޯކާސްއާއި ގުޅިގެން އެމްފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް މީލްޕެކް ހަދިޔާކުރެވޭނެ ގޮތްވެސް ހަދައިފައެވެ.