މި އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި އަގުބޮޑުކޮށް ހުރި ލެޓިއުސްގެ އަގު ދަށަށް ހިނގައްޖެއެވެ.

ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ލެޓިއުސް ކިލޯއެއް ބާޒާރުގަައި ލިބެން ހުރީ 100 ރުފިޔާއަށެވެ. ނަމަވެސް މިއަދު ލެޓިއުސް ކިލޯއެއް 40-70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.

"ވަން" އާ ވާހަކަދެއްކި ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ލެޓިއުސްގެ އަގު ދަށަށް ދިޔައީ ގިނައިން ލިބުމުންނެވެ. އެގޮތުން މިއަދުވެސް އާ ލެޓިއުސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ލެޓިއުސްގެ އަގު ދަށްވި އިރު، ޖުމުލަ ގޮތެއްގައި އެހެން ހުރިހާ ފަތްޕިލާވެއްޔެއްގެ އަގުތަކަށް ބަދަލެއް ނާދެއެވެ. އެގޮތުން ކުއްޅަފިލާތް ބޮޑިއެއް ހަތް ރުފިޔާއަށް ލިބެން ހުރި އިރު، ހިކަނދިފަތް ބޮނޑިއެއް ލިބެން ހުރީ ދިހަ ރުފިޔާއަށެވެ. އަދި ރާނބާ ފަތެއް އުޅެނީ ފަސް ރުފިޔާއަށެވެ.