މިއަދަކީ މިއަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތައް ލިބެން އެބަ ހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ބާޒާރުން ފެންނަން ހުރީ އެކި ބާވަތުގެ ފަނިގިރާ ބާވަތްތަކާއި ފަތްޕިލާވެލީގެ ބާވަތްތަކާއި ކާއްޓެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 30 ރުފިޔާއަށެވެ. އަދި ކާއްޓެއް ލިބެން ހުރީ 10-20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ރޯދަމަސް ފެށުނުއިރު ބާޒާރުން ކާއްޓެއް ގަންނަން ލިބުނީ 15-35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި މިއަދުވެސް ކަނޑޫދޫ މިރުހުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ވެއްޓިފައެވެ. އެގޮތުން އިއްޔެ 230-300 އަށް ވިއްކި ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 150-250 އާ ދެމެދުގެ އަގުތަކެއްގައެވެ.

  • ކަރާ: 30 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 45 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80-100 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 35-45 ރުފިޔާއަށް
  • ފެޝަން ފުރުޓް: 80 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 70-80 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 75 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 290 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-150 ރުފިޔާއަށް ކިލޯއެއް
  • އަނބު: 80 ކިލޯ
  • އަންނާރު: 110 ރުފިޔާއަށް ކިލޯ
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-20 ރުފިޔާއަށް
  • ގަބުޅި: 25-45 ރުފިޔާއަށް.
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 70 ރުފިޔާއަށް ކިލޯއެއް
  • ބަށި: 65 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 60-25 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 40-70 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40-50 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 100 ރުފިޔާއަށް
  • ތޮޅިމިރުސް: 60 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 75 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް.
  • ކަނޑުމަސް: 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35-40 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 140-180 ރުފިޔާއަށް ކިލޯއެއް
  • ހަނދި: 70-90 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ތިން މަސް
  • މެދު ސައިޒުގެ ރަތް މަސް: 250-300 ރުފިޔާއަށް