ދަތުރުވެރިންގެ ބަޒާރުގައި އިއްޔެ ކަންކުން ތިޔާގި ނަމަވެސް، މިއަދު ބާޒާރުގައި ކަންކުން މަދެވެ.

ބާޒާރުގައި މިއަދު ކަންކުން ބޮނޑިއެއް ލިބެން ހުރީ ފަސް ރުފިޔާއަށެވެ.

"ވަން" އާ ވާހަކަދެއްކި ވިޔަފާރިވެރިޔަކު ބުނިގޮތުގައި ކަންކުން ލިބުން ދަތިވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އަގު އުފުލޭނެއެވެ. އަދި ކަންކުންގެ އިތުރުން ފަތްޕިލާވެލީގެ އެހެން ބާވަތްތައް ލިބުންވެސް ދަތިކަމަށް އޭނާ ބުންޏެވެ.

ބާޒާރުގައި ބްރޮކޮލީވެސް މަދެވެ. ބްރޮކޮލީ ކިލޯއެއް 90 ރުފިޔާއަށް ލިބެން ހުރި އިރު، ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ. ކެބެޖް ކިލޯއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ. އަދި ހިކަނދިފަތް ބޮނޑިއެއް ދިހަ ރުފިޔާއަށް ހުރި އިރު، ރާނބާ ފަތެއް އުޅެނީ ފަސް ރުފިޔާއަށެވެ.