މި އަހަރުގެ ރޯދަ މަސް ފެށުނުއިރު، ދަތުރުވެެރިންގެ މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިފިއެވެ.
މިދިޔަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 60 ރުފިޔާއަށެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ލެޓިއުސް ކިލޯއެއް ބާޒާރުގައި އުޅުނީ 100-130 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ ބާޒާރުގައި މިއަދު ލެޓިއުސް ލިބެން ހުރީ ހައެއްކަ ގޮޅީގައެވެ.
"ވަން" އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ލެޓިއުސް ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންވެ ލެޓިއުސްގެ އަގު މާދަމާވެސް މަތިވާނެއެވެ.
ލެޓިއުސް ކިލޯއެއް ބާޒާރުގައި 100 ރުފިޔާއަށް އުޅޭއިރު، ކުއްޅަފިލާފަތް ބޮޑިއެއް 20 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ. ކަންކުން ބޮޑިއެއް ފަސް ރުފިޔާއަށް ލިބެން ހުރި އިރު، ކެބެޖް ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ. އަދި ހިކަނދިފަތް ބޮޑިއެއް ދިހަ ރުފިޔާއަށް ހުރި އިރު، ރާނބާ ފަތެއް އުޅެނީ ފަސް ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު