މި އަހަރުގެ ރޯދަ މަސް ފެށުނުއިރު މާރުކޭޓުގައި ތޮއްޑޫ ކަރަލާއި ކަނޑޫދޫ މިރުސް ތިޔާގިވެއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި 15 އަށް ވުރެ ގިނަ ގޮޅީގައި ތޮއްޑޫ ކަރާ ވިއްކަން ހުރި އިރު، 12 އަށްވުރެ ގިނަ ގޮޅީގައި ކަނޑޫދޫ މިރުސްވެސް ލިބެން އެބަ ހުއްޓެވެ.
މާރުކޭޓުގައި ތޮއްޑޫ ކަރާ ކިލޯއެއް ލިބެން ހުރީ 28-35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ 280-300 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ދަތުރުވެރިންގެ މާރުކޭޓުން "ވަން" އާ ވާހަކަދެއްކި ވިޔަފާރިވެރިޔަކު ބުނި ގޮތުގައި މި ހަފުތާގައިވެސް ތޮއްްޑޫ ކަރާ ހުސްނުވެ ބާޒާރުން ލިބޭނެއެވެ. އަގު ވެއްޓޭނެ ކަމަށް އޭނާ ލަފާކުރެއެވެ.
ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ކަނޑޫދޫ މިރުހުގެ އަގުވެސް ހަފުތާއެއް ފަހުން ވެއްޓޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު