ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް، ފައިހް އަމިއްލައަށް ފުލުހަށް އިއްޔެ ހާޒިރުވުމުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ފައިހްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ފައިހު ހައްޔަރުކުރިޔަ ނުދިނުމަށް އޭނާ ފޮރުވައި ހިމާޔަތްދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ދެން ތިބި ދެ މީހުން ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު