Close
ޚަބަރު

ހުޅުމާލޭގައި ކުލޭ ސްޓޫޑިއޯ ރަސްމީކޮށް ހުޅުވާލައިފި

ސެރަމިކް އާޓް އަދި ޕޮޓާ ތައްޔާރުކުރާ ފުރަތަމަ ކުލޭ ސްޓޫޑިއޯ ހުޅުމާލޭގައި ރަސްމީކޮށް ހުޅުވާލައިފިއެވެ.

ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ އެންމެ ތިރީގައި ހުޅުވި މި ސްޓޫޑިއޯ ހުޅުވައިދެއްވީ ހައުސިން ޑެވެލޮޕްމަންޓް ކޯޯޕަރޭޝަންގެ މެނޭޖަރު ޑިރެކްޓަރު އަހަުމަދު އާތިފްއެވެ.

މި ސްޓޫޑިއޯއިން ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގައެވެ އަދި މިކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް ވަނީ ހުޅުވައިލައިފައެވެ.

މި ތަނުގެ ގަޑިތަކާ ބެހޭގޮތުން އެޗްޑީސީން ބުނީ ރައްޓެހީންނާއި އެކުވެރީންނާއެކު ނެގޭ ގަޑިތަކާއި ވަކިވަކިން ނެގޭ ގަޑިތައްވެސް ހިމެނޭނެ ކަމަށެވެ. އަދި ކުޑަކުދީންނަށް މި ފަންނު ދަސްކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބުންޏެވެ.

މި ސްޓޫޑިއޯގައި އެކި ވޯކްޝޮޕްތަކާއި ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބާއްވާއިރު ފްރީލާންސް އާޓިސްޓުނަށް މިތަނުގެ ބުކިން ހަދައިގެން ބޭނުންކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.