މި ރޯދަމަހު ކޮންމެ ދުވަހަކުވެސް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އަގުބޮޑެތި ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފިއެވެ.

އެ ޕްރޮމޯޝަން އިފުތިތާހުކޮށްފައިވަނީ އުރީދޫން މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ޕްރޮމޯޝަންގެ ދަށުން "ހަދިޔާ ފޮށި"ގެ ނަމުގައި އުރީދޫގެ މޮބައިލް އަދި ސުޕަނެޓް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާއެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން މައި އުރީދޫ އެޕްގައިވާ ހަދިޔާ ފޮއްޓަށް ފިތާލުމުން ފެންނަ ހަ ފޮށީގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ފޮއްޓެއް ހިޔާރު ކުރުމުން ތަފާތު އިނާމުތައް ލިބޭނެއެވެ.

އުރީދޫން ލިބޭ ހަދިޔާތަކުގެ ތެރޭގައި ސައިކަލާއި، އައިފޯން ޕްރޯ 14 އާއި ޓީވީ، އެއް ޓީބީއާ ހަމައަށް އިންޓަނެޓް ޑޭޓާ އަދި ގިފްޓު ވައުޗަރު ލިބުމުގެ ފުރުސަތު އޮވެއެވެ.

އުރީދޫން ބުނީ ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ދެ ފަހަރު ހަދިޔާ ފޮށި ހުޅުވައިގެން ހަދިޔާ ހޯދޭނެ ކަމަށާއި މިއީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ލިބޭ ހަދިޔާއެއް ކަމަށެވެ.

ގުޅުން ބަދަހިކުރުމާއި ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މާތްކަން ބަޔާންކޮށް ފެށި އެ ޕްރޮމޯޝަންގައި އިތުރު ހަދިޔާތައްވެސް އުރީދޫގެ ކަސްޓަމަރުންނަށް މި ރޯދަ މަހު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން އުރީދޫގެ ޑޭޓާ ޕެކުގައި ހިމެނޭ އާޗާ 500ގެ ޕެކޭޖު އެކްޓިވޭޓުކޮށްގެން ކޮންމެ ދުވަހަކަށް އިތުރު ދެ ޖީބީ ޑޭޓާ އާއި އާޗާ 750ގެ ޕެކޭޖު އެކްޓިވޭޓުކޮށްގެން ކޮންމެ ދުވަހަކަށް ހަ ޖީބީ ޑޭޓާ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫ ޑޭޓާގެ 500 ރުފިޔާގެ ޕެކޭޖު ނަގައިގެން ލިބޭ 35 ޖީބީ ޑޭޓާ އާއެކު ރޯދަ ހަދިޔާއަށް ބޭނުން އެއްޗެއް ގަނެލަން 200 ރުފިޔާގެ ގިފްޓު ވައުޗަރެެއް ލިބިގެން ދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އޭގެ އިތުރުން އުރީދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބިދޭސީއަކަށް މީލް ޕެކް ހަދިޔާކޮށްލެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިއީ މިޝަން ފޯ މައިގްރޭންޓް ވޯކާސް އާއި އުރީދޫއާ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.

ރޯދަމަހު އުމްރާއަށް ދާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖުތަކެއް އުރީދޫން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ޕާސްޕޯޓު ސިމްގެ ނަމުގައި ހާއްސަ ރޯމިން ސިމެއް ތައާރަފުކޮށްފައިވާ އިރު، އެއީ އެމީހެއްގެ ނަންބަރަށް ލިބޭނެ އިތުރު ސިމެކެވެ. އެ ސިމް އެކްޓިވޭޓުކޮށްގެން، އެންމެ އަގުހެޔޮ ރޯމިން ރޭޓުތައް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ނަމާދު އެލާޓު ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.