Close
ޚަބަރު

ހަނަފީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފި

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

ހަނަފީ މިއަދު "ވަން" އަށް ވިދާޅުވީ، ޖޭޕީގެ މިސްރާބު މިހާރު ގޮތަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޖޭޕީން ވަކިވާން ނިންމައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ސިޓީ ފޮނުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ދެން ކުރިއަށް ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުތޯ ސުވާލުކުރުމުން އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވާ

ފެށުނީއްސުރެ ޖޭޕީގައި ހުންނެވި ހަނަފީއަކީ އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ކާމިޔާބެއް ނުވިއެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ ގާސިމުގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

ހަނަފީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ. ގާސިމްއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސަމީރުވެސް ނެންގެވީ ރައީސް ސޯލިހުގެ ފަޅިއެވެ.