މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމަޔަށް ފިތުރު ޒަކާތް ދެއްކެން ހުންނާނެ ކަމަށެވެ. އަދި ބުނީ އޮންލައިންކޮށާއި ފައިސާއިން ވެސް ފިތުރު ޒަކާތް ދެއްކެން ހުންނާނެ ކަމަށެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 1:00 ޖަހަންދެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މާލެ ފިޔަވައި އެހެނިހެން ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރު ކަމަށާއި އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންކަމަށް މިނިސްޓްރީން ބުންޏެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާއިންކަމަށް މިނިސްޓްރީން ބުންޏެވެ.

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ރަތް ހަނޑޫ: 99 ރުފިޔާ
  • ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
  • އާދައިގެ ފުށް: 12 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންކަމަށް މިނިސްޓްރީން ބުންޏެވެ.