ޚަބަރު

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު!

ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ، އުމުރުން 13 އަހަރުގެ ޒޯޔާ ކިޔާ ކުއްޖެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ރޭ 01:33 ގައިއެވެ.

ފުލުހުން މިއަދު ބުނީ، އެ ކުއްޖާ ހުޅުމާލެއިން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން އަންނަނީ މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.