ވިލިމާލެއިން ކުޑަ އަންހެންކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ވިލިމާލެއިން 13 އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ރޭ ދަންވަރު 1:33 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ރިޕޯޓާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޒޯޔާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ އެންމެ ފަހުން ހަބަރެއް ވެފައިވަނީ އިއްޔެ ކަމަށެވެ.
އެކުއްޖާގެ ފޮޓޯއާ އެކު ކޮށްފައިވާ އެ ޕޯސްޓްގައި މާގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އޭނާ ވަނީ އެ ކުއްޖާ ފެނިއްޖެ ނަމަ، 7282434 އަށް ގުޅުމަށް އެދިފައެވެ.