ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ ކޮމަންވެލްތް ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެކި ދާއިރާތަކުގެ އިސް ބޭފުޅުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.

މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖަރުމަނުގައި ހުންނެވުމަށްފަހުގައެެވެ.