ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންނަށް ހާއްސަކުރި ހައްޖު ކޯޓާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ، އެ ކޯޕަރޭޝަނަށް މި އަހަރު ލިބިފައިވާ ހައްޖު ކޯޓާގެ ތެރެއިން ފަސް ޕަސެންޓް، އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދާން ފައިސާ ދައްކައި ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ މީހުންގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންނަށް ހާއްސަކުރަން ނިންމައިފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ ކޯޕަރޭޝަންގެ ހައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި މަހުގެ 21ގެ ކުރިން ޖާގައަށް ހުށަހެޅޭނެ ކަމަށެވެ.
ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ޖާގައަށް އެދި ހުށަހަޅާ ފޯމު ވެބްސައިޓުން ލިބޭނެއެވެ. އެ ފޯމާއެކު ހެލްތު ސެޓްފިކޭޝަން ފޯމުވެސް ހުށަހަޅަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު