އުރީދޫގެ ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ފާސްކޮށްފައިވަނީ ކޮރްސްރޯޑުގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫން މިއަދު ބުނީ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވި ކަމަށާއި ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ހިއްސާދާރުންގެ 87 ޕަސެންޓް ވޯޓުން ކަމަށެވެ. މިފަހަރު ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ފާސްކުރީ ހިއްސާއަކަށް 2.70 ރުފިޔާއެވެ.
ރޭ ބޭއްވި އަހަރީ ޖަލްސާގައި ވަނީ ކުންފުނީގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށް، މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ޕްރައިޒް ވޯޓަ ހައުސް ކޫޕާސް ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 62،920 ޑޮލަރު ދިނުމަށް ނިންމައިފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2021 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީއަށް 200 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. އެއީ 21 ޕަސަންޓުގެ ކުރިއެރުމެއް ކަމަށާއި މިދިޔަ އަހަރު ލިބުނީ 560 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރުއެވެ. އެއީ ހިއްސާއަކަށް 3.30 ރުފިޔާއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި