ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޓީ ޖެޓީ" ރެސްޓޯރެންޓުގެ އޯނަރު އަބްދުﷲ ވަހީދު "ވަން" އަށް މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާނީ ހަ ރޯދައަށްފަހު ކަމަށް އޭނާ ބުންޏެވެ.
އެ ރެސްޓޯރެންޓުން ރޯދަ މަހަށް ހާއްސަ މެނޫއެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. ރޯދަ ވީއްލުމެއްގެ އަގުތައް އުޅޭނީ 150 ރުފިޔާ އާއި 159 ރުފިޔާއާ ދެމެދުގައި ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲ ވަހީދު ބުނީ ރޯދާ މަހު އެ ރެސްޓޯރެންޓުން 100 ރުފިޔާއަށްވުރެ މަތިން ބިލް ދައްކާ ކޮންމެ ފަރާތެއްގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތު ނަގާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ ކަމަށެވެ.
ޓީ ޖެޓީ ހުޅުވިފަހުން ފަސް އަހަރު ވެފައިވާ އިރު، އެ ރެސްޓޯރެންޓުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރުވެސް ރޯދަ މަހަށް ހާއްސަ ކޮށްގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި