ހދ. ކުނބުރުދޫގައި ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 50 ޕަސަންޓް މަސައްކަތް ނިންމާލައި، މިހާރު ކުރިއަށްދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިން ހެދުމުގެ މަސައްކަތް ކަމަށެވެ.
ކުނބުރުދޫގައި ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ޖުމުލަ 7.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެއް ކަމަށާއި އެ ފެސިލިޓީ ވެގެންދާނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުން އުފެދޭ ކުނި ޖަމާކޮށް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދާ ސްޓޭޝަނަކަށް ކަމަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތްތަކުގެ ތެރޭގައި ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓާ ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު