ކ. ތިލަފުށީ ކުޑަގިރިއަށް އެރި އިންޑިއާގެ މުދާ އުފުލާ ބޯޓު, ތިން މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

"އޭއެމް އެމްއެސްވީ މާރިއާ ސިންތަޔަތިރައި ރިޔާނާ" ނަމަކަށް ކިޔާ އެ ބޯޓު ތިލަފުށީ ކުޑަގިރިއަށް އެރީ ބާ ދަގަނޑު ބަރުކޮށްގެން ދަނިކޮށް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, އެ ބޯޓު ފުންކުރުމަށްފަހު އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުންނާއި އެ އެޖެންސީން ސާވޭ ކުރި އިރު, 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ, ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމަވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަަވާއިދުގެ ދަށުން 3,098,710 ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާޓް އެސްއެމްޓީ ޓީ ޖެސިންތަ ޖޫރިމަނާކޮށް, އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާނެ ކަމަށް ބުންޏެވެ.