ހުޅުމާލެ ދެވަނަ ފިޔަވާހީގައި ބާބަކިއު ސަރަހައްދެއް ހުޅުވައިފިއެވެ.

އެޗްޑީސީން ހެދި ބާބަކިއު ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ވަނީ އެ ސަރަހައްދުގައި ބާބަކިއު ހެދުމުގެ ހަރަކާތެއް ބާއްވައިފައެވެ.

ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް ހާއްސަ ކޮށްގެން ބޭއްވި އެ ހަރަކާތުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި އެޗްޑީސީގެ ވެރިން ބައިވެރިވިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ސަރަހައްދު ތަރައްގީކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.