މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. ހުޅުދޫ/ ސަނީ ލޮޖް، އަލީ އާރިފް (46އ) ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އާރިފް މިއަދު ހަވީރުގެ ވަގުތެއްގައި މާލެ އައިސްފައިވާ ކަމަށެވެ. އަދި ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ.
ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ އާރިފް އެންމެ ފަހުން އާއިލާއަށް ހަބަރުވީ މިދިޔަ ޑިސެމްބަރު މަހުއެވެ. ނަމަވެސް އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު