އުރީދޫ މޯލްޑިވްސްއިން މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިޔުސީ) 2023 ގައި ބައިވެރިވެއްޖެއެވެ.
މިއަހަރު އެ ކޮންގްރެސް ކުރިއަށްގެންދަނީ ސްޕެއިންގެ ބާސެލޯނާގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އެ ކޮންގްރެސްގެ މިއަހަރުގެ ތީމަކީ "5ޖީ އެކްސަލަރޭޝަން، ރިއަލިޓީ ޕްލަސް އޯޕެން ނެޓް، ފިންޓެކް އެންޑް ޑިޖިޓަލް އެވްރީތިންގް" އެވެ.
އުރީދޫން މިއަދު ބުނީ އެމްޑަބްލިޔުސީގެ ތެރެއިން އެ ކުންފުނީގެ މަންދޫބުން ދާއިރާގެ ޕާޓްނަރުންނާ ބައްދަލުކޮށް، މުވާސަލަތީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އެ ދާއިރާއަށް ނޭދެވޭ އަސަރުކުރާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އާ ޕާޓްނާޝިޕްތައް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑަބްލިޔުސީގައި އުރީދޫން ބައިވެރިވެފައިވަނީ ޒަމާނުއްސުރެ އެ ކުންފުނިން މުވާސަލާތީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަމުގެ ތެރެއިން ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި