ދިރާގުން ހާސިލުކުރި ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް އޫކްލާ އިން ދިރާގާ ހަވާލުކޮށްފިއެވެ.
އޫކްލާ އިން ވަނީ މިއަހަރުގެ ކުރީކޮޅުގައި، 2022 ވަނަ އަހަރުގެ ސްޕީޑްޓެެސްޓު އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑު ދިރާގުން ހާސިލުކުރިކަން އިއުލާންކޮށްފައެވެ.
އޫކްލާ އިން ދިރާގާ އެ އެވޯޑު ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްގެންދާ ވޯލްޑް ކޮންގަރެސްގައެވެ. ދިރާގުގެ ފަރާތުން އެ އެވޯޑާ ހަވާލުވެޑައިގެންނެވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
އެ އެވޯޑާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ކާމިޔާބު ހާސިލުކުރެވުނީ އެ ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކަސްޓަމަރުން ކެނޑިނޭޅި ދެމުން އަންނަ ތަރުހީބުން ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގު ކަމަށް އޫކްލާ އިން ފާހަގަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު