އިންޓަނެޓުން އެއްޗެއް ސާޗް ކުރަން ގޫގުލް ނޫން ނަމެއް ހިތަށް އަރާ ހެއްޔެވެ. ޖަވާބަކީ ނޫން ކަމަށް ވާނަމަ އެއިން އެ ދައްކައިދެނީ ގޫގުލްގެ ނުފޫޒު އިންޓަނެޓުގައި އޮތް މިންވަރެވެ. ގޫގްލް ސާޗް އިންޓަނެޓުގައި ނަގާފައިވާ ހިއްސާއަކީ 85 ޕަސެންޓެވެ. އެހާ ބޮޑަށް އެއް ފަރާތަކަށް ބުރަވެފައި ވުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ބޮޑު ގޯހެކެވެ. އިންޓަނެޓުން އެއްޗެހި ހޯދުމަށް ބޭނުން ކުރެވޭ އެހެން ސާޗްއިންޖީނުތައް ނުވަތަ ވެބްސައިޓްތައް ވަރަށްވެސް ގިނަ އެވެ. އޭގެ ތެރެއިން މައިކްރޮސޮފްޓުން ބިންގްގެ ހިއްސާއަކީ އެންމެ 3 ޕަސެންޓެވެ.
ގޫގުލް އިން ކޮންޓުރޯލް ނަގާފައިވާ އިންޓަނެޓްގެ މުޅި ސާޗް އިންޖީނާއި ވާދަކޮށްލުމަށް ހިންވަރު ކޮށްފައި މައިކްރޯސޮފްޓް ބިންގް ސާޗް އިންޖީނުން ވަނީ ނިކުމެފައެވެ. އެގޮތުން ގޫގުލްއަށް ގޮންޖަހާލުމަށް ޗެޓްޖީޕީޓީ ގަނެ ކުރިއަށް ފިޔަވަޅެއް އެޅުމަކީ ގަޓް ހުރި ނިންމުމެކެވެ. އޭގެ ނަތީީޖާވެސް އަންނަނީ ފެންނަމުންނެވެ. މިހާރު ބިންގް މާބޮޑަށްވެސް ސަޅި ވެއްޖެއެވެ. ކުރުކޮށް ބުނާނަމަ ބިންގް އިން އޮންލައިން ސާޗަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.
އެގޮތުން 10 ޓެސްޓެއް ހަދައި އޭގެ ތެރެއިން ގިނަ ޓެސްޓްތަކުގައި ބިންގް ސާޗަށް އިތުރު ކޮށްފައިވާ އޭއައި ގާބިލުކަމުގެ ސަބަބުން ސާޗްގެ ނަތީޖާތައް ގޫގުލްއަށްވުރެ މިހާރު ފުރިހަމަ ކަމަށްވަނީ ދައްކާފައެވެ. އެއްޗެއް ހޯދަން ހިތަށް އަރައިފިނަމަ ގޫގުލް އަކީ ސާޗް އާއި އެއް މާނައެއް ދޭހަވާ އެއްޗެއް ކަމަށް ސިފަވުމާއި އެންމެންވެސް ގޫގުލް ހިޔާރު ކުރަމުން އަންނަ ދުވަސްވަރެއްގައި ބިންގް އެކަން ބަދަލުކުރަން އުޅުމަކީވެސް ބޮޑު ރިސްކެކެވެ. އަހަރުތަކެއް ވަންދެން ގޫގުލްއަށް އާދަވެފައި ތިބުމަށްފަހު މީހުން ބަދަލުވާން އުނދަގޫ ވާނެއެވެ. ގޫގުލްގެ އަމިއްލަ އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީއެއް ކަމަށްވާ ބާޑް ވެސް މަސައްކަތް ކުރަމުން އަންނައިރު، ކޮންމެވެސް ހިސާބަކުން އެ ޓެކްނޮލޮޖީ އަމިއްލަ ސާޗް ނަތީޖާތަކަށް ވެސް ތައާރަފު ކުރާނެ އެވެ.
އެކަމަކު މިހާރުވެސް މައިކްރޮސޮފްޓުން ވަނީ އަހަރުތަކެއް ވަންދެން ބިންގް އަށް ލިބިފައިވާ ސަމާލުކަމަށް ވުރެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެއައި ޓެކްނޮލޮޖީ ހިމަނައިގެން ބިންގް އަށް މިލިއަނަކަށް ވުރެ ގިނަ މީހުން އިތުރު ކޮށްފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ޕްރޮޑަކްޓްސް މާކެޓިންގެ ޗީފް ޔޫސުފް މެހްދީ ވިދާޅުވާ ގޮތުގައި އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މީހުންގެ ވިސްނުން ބަަދަލުކޮށް މުސްތަގުބަލުގައި އިތުރު، ވަރުގަދަ ސަރޗް އިންޖީނުތަކެއް ބޭނުން ކުރުމަށް ބާރު އަޅާނެއެވެ. އުނދަގޫ ހޯދުންތައް ހޯދުމަށް، ކޮމްޕްލިކޭޓެޑް ސަރޗްތަކަށް، މައިކްރޮސޮފްޓްގެ ވެބް އިންޑެކްސް އާއި އޮޕަންއޭއައިގެ ޗޮޕްސް އެއްކޮށްގެން ޕްރޮސެސިން އަދި ޖެނެރޭޓް ލޭންގުއޭޖް އެއްކުރުމަކީ ހަގީގަތުގައިވެސް ބިންގް ސާރޗްއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބޭނުންތެރި ކަމެއްކަމަށް ނިންމިދާނެއެވެ.
ގޫގުލްއާއި ބިންގް ސާރޗް މި ދެ އިންޖީނު އަޅައިކިޔަން މަސައްކަތް ކުރާއިރު ރަނގަޅު ދިރާސާއެއް އަދިވެސް ކުރަން ޖެހޭ އިރު ބިންގް އިން ފަހުގެ އޭއައި ޓެޗްޖީޕީޓީގެ ކުޅަދާނަކަން އިތުރުކުރުމާއި އެކު ގޫގުލް އިންވަނީ ކޯޑް ރެޑް ނުވަތަ އެ ކުންފުނީގެ އެތެރޭގައި ކުއްލި ހާލަތުވެސް އިއުލާނު ކޮށްފައެވެ. ސަބަބަކީ ގޫގުލްއިންވެސް މައިކްރޯސޮފްޓް ބިންގް އިން މި ގެނައި ބަދަލު ބަލައިގަނެ އެކަމާ ކުރިމަތިލުމަށް މަސައްކަތް ފެށީއެވެ. އެހެންކަމުން ގޫގުލްއަށް ބަދަލުތަކެއް ގެންނާނެ ކަން މިހާރު މިވަނީ ޔަގީން ކުރެވިފައެވެ.