ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކުރުމުން އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ޕޯސްޓްޕެއިޑް 550 ޕެކޭޖު ކަސްޓަމަރުންނަށް 20 ޖިބީ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެން ނަމްބަރުތަކަށް 1،200 ހިލޭ ވޮއިސް މިނެޓް ލިބިގެންދާނެ ކަމަށެވެ. ކުރިން އެ ޕެކޭޖުގައި ހިމެނެނީ 10 ޖީބީ އަދި 300 ހިލޭ ވޮއިސް މިނެޓް ކަމަށް ދިރާގުން ބުންޏެވެ.

ޕޯސްޓްޕެއިޑް 750 ޕްލޭން އަޕްގްރޭޑް ކުރުމުން 30 ޖީބީ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ލޯކަލް ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅައިލެވެން ހުންނާނެ ކަމަށާއި ކުރިން އެ ޕެކޭޖުގައި ހިމެނެނީ ހަމައެކަނި 15 ޖީބީ ޑޭޓާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ޕޯސްޓްޕެއިޑް 1،000 އަދި ޕޯސްޓްޕެއިޑް 1،700 ޕްލޭންތައް ވެސް އަޕްގްރޭޑްކޮށްފައެވެ. އެ ބަދަލާއެކު އެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅެން ހުންނާނެއެވެ.

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ޕްލޭންތައް ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އަޕްގްރޭޑް ކުރެވެން ހުންނާނެ ކަމަށެވެ.