އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ މިއުޒިކަލް އައިޑޮލް ޝޯގެ ޓިކެޓް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، "މޫލީ" މެދުވެރިކޮށް ލިބޭނެ ގޮތް އުރީދޫން ހަމަޖައްސައިފިއެވެ.
މިއުޒިކަލް އައިޑޮލްގެ ރެގިއުލާ ކްލާސް ޓިކެޓެއްގެ އަގަކީ 80 ރުފިޔާއެވެ. އަދި ފަސްޓް ކްލާސް ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. ސިލްވާ ކްލާސް ޓިކެޓެއްގެ އަގަކީ 500 ރުފިޔާއެވެ.
އުރީދޫން ބުނީ މޫލީން ޓިކެޓު ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބު ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓު ނެގޭނެ ކަމަށެވެ. ޓިކެޓު ގަތުމަށް http://ore.do/musicalidol ޒިޔާރަތްކޮށް ބޭނުންވާ ޓިކެޓް ކެޓަގަރީއަކުން ޓިކެޓު ގަނެވޭނެއެވެ.
މިއުޒިކަލް އައިޑޮލްއަކީ އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިންނާއި ދިވެހި ލަވަކިޔުންތެރިން ހުށަހަޅައިދޭ ޝޯ އެކެވެ. އެ ޝޯ ބާއްވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯގައި އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕާއި ރަނަރަޕް އަރޫނީތާ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.
އޭގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް، ޝަލަބީ އިބްރާހީމާއި މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި