މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު، އެ މަހުގެ ދެ ވަނަ ދުވަހު ޓީޗަރުން ސްކޫލަށް ނުކުންނަން ޖެހެއެވެ.
ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށޭނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ 11 ޑިސެމްބަރުގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ވާނީ އަންނަ އަހަރުގެ ޖޫން މަހުގެ 25 އިން ފެށިގެންނެވެ.
މީގެ ކުރިން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ވަނީ އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު