ކްރޫއިންނާ ނުލައި ދެ މަތިންދާ ބޯޓު ކުއްޔަށް ދޫކުރާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފިއެވެ.
އައިއޭއެސްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭ 330-200 މަރުކާގެ ދެ މަތިންދާބޯޓު، ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 14:30ގެ ކުރިން، [email protected] ނުވަތަ [email protected] ނުވަތަ [email protected] އަށް މެއިލްކޮށް ސާފުކުރުމަށް ވަނީ އެދިފައެވެ.
އައިއޭއެސްއެލްއިން މަތިންދާ ބޯޓު ކުއްޔަށް ނަގަނީ ކްރޫއިންނާއި އެކުއާއި ކްރޫއިންނާއި ނުލައެވެ. އެގޮތުން ކްރޫއިންނާއި އެކުގައި ކުއްޔަށް ނަގައިފިނަމަ އެ ކްރޫއިން ތިބޭނެ ތަނަކާއި ކެއުމާއި ބުއިން ހަމަޖައްސައިދޭންޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު