މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ، ތަހުގީގަށް ޖަވާބުދާރީވާން ކޮންމެ ދުވަހަކު އިމިގްރޭޝަނަނަށް ހާޒިރުވާންޖެހޭ ގޮތަށް ބަންދުން ދޫކޮށްލައިިފިއެވެ.

ސަލާން ޖަހަން އުޅޭތީ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ގެންގޮސް، ފަހުން ހަވާލުކުރީ އިމިގްރޭޝަނާއެވެ.

އިމިގްރޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖަޕާން އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިިޑެންޓް ވިސާގައި ރާއްޖޭގައި އުޅޭ މީހެއް ކަމަށެވެ.

އެހެންވެ މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާ ގުޅުވައިގެން އެ އަންހެން މީހާއާ ގުޅޭ ގޮތުން، އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމެއް ހިމެނޭތޯ ބަލަމުންދާ ކަމަށް ބުންޏެވެ.