ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޒިޔާދުގެ ސުލޫކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ޖުޑީޝަލްސާވިސްކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2021 އޮކްޓޫބަރު 15 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޒިޔާދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެކަށީގެންވާ ފަދަ ތުހުމަތުތަކެއް ނޫން ކަމަށެވެ.

އެހެންކަމުން އޭނާއާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަ އިތުރަށް ތަހުގީގު ކުރަން ނުފެންނަކަމަށް އެ ކޮމިޝަނުން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.