ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ 'ސަޅި މަންތުލީ' ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، އެ ޕްލޭނާއެކު ކަސްޓަމަރުންނަށް މިހާރު އެންމެ 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް 3ޖީބީ ޑެއިލީ ޑޭޓާ ނެގޭނެ ކަމަށެވެ. މި ޕްލޭން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސްއެމްއެސް ކޮށްގެން ހޯދޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.