މިދިޔަ މަހު އެކަނިވެސް ޑެންގީ ޖެހިގެން 195 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކާ ގުޅޭ ގޮތުން އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހު ޑެންޖީ ޖެހުނު މީހުންގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ އިތުރެވެ. އެގޮތުން ޖެނުއަރީ މަހު 195 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކުރީ ޑެންގީގެ 22 ކޭހެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހާ އަޅައި ބަލާއިރު ޑެންގޫގެ ކޭސްތައް ދަށެވެ.
ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރީގެ ޒަރީއާއިންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އަރިދަފުސްރޯގާ އިތުރުވިނަމަވެސް ބޭރަށް ހިންގުމުގެ ކޭސްތައް ވަނީ މަދުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި އަދަދުވެސް ވަނީ އިތުރުވެފައެވެ އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުވަ މީހަކު އިންފްލުއެންޒާ އަށް ޕޮޒިޓިވްވިއިރު މިއަހަރުގެ މިހާތަނަށް ވަނީ 19 މީހަކު ޕޮޒިޓިވްވެފައެވެ.