ހުޅުމާލެ ފޭސް 2 ގައި އެސްޓީއޯގެ ޝޮޕިން މޯލެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު އެހެން ވިދާޅުވީ, ގިނަ އަދަދެއްގެ ބަޔަކު އާބާދުވެފައިވާ ފޭސް 2 ގައި ހުޅުވާފައިވާ ފިހާރަތަކުން ވިއްކާ ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާއާއެކު އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް އެދި މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
"ހުޅުމާލެ ފޭސް 2 ގައި ޝޮޕިން މޯލެއް އަޅަން މި ތައްޔާރުވަނީ," އިތުރު ތަފުސީލެއް ނުދެއްވައި އަމްރު ވިދާޅުވެފައިވެއެވެ.
އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހް "ވަން" އަށް ވިދާޅުވީ, ޝޮޕިން މޯލް ހެދުމަށް ބޭނުންވާ ބިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ވަރަށް އަވަހަށް ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. އެއާއެކު އިތުރު ތަފުސީލު ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ހުޅުމާލެ ފޭސް 2 ގައި ޝޮޕިން މޯލެއް ހުޅުވަން ތައްޔާރުވަމުންދާއިރު, މާލޭގައި ހުންނަ އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސުޕަމާޓެއްގެ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހު ވަނީ ހުޅުވައިފައެވެ. އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރަ, ކޭޝިއަރެއް ނުހުންނަ ފިހާރައަކަށް ބަދަލުކޮށް އަންނަ މާޗު މަހު ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު