ސިނަމާލެ ބުރިޖު ހައިވޭގައި، މިދިޔަ ބުރާސްފަތި ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސްވި މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އެ އެކްސިޑެންޓުގައި މެދު އުމުރުގެ ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. އޭނާ ދުއްވި ނޫކުލައިގެ ޕީސީއެކްސް ބްރޭންޑްގެ ސައިކަލުވެސް އޮތީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު "ވަންް" އަށް ވިދާޅުވީ، އެމީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި އޯވަޓޭކްކުރާ ހިސާބުންނެވެ. އެ އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު